އެމްއޭސީއެލް ބޯޑުން ރިޔާޒު ވަކިކޮށް، އެ ބޯޑުގެ މެމްބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށްފި

މިހާރު

22 އޮކްޓޯބަރު 2025 | ބުދަ | 4:02

އެމްއޭސީއެލްގެ ބޯޑުގެ މެމްބަރަކު ވަކިކޮށް، އެ ބޯޑު މެމްބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) މިދިޔަ ހޮނިހިރު ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ބޯޑުގައި މި ވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ.

އޭގެ އިތުރުން، އެ ކުންފުނީގެ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވެސް 7 އިން 9 އަށް އިތުރުކޮށްފަ އެވެ. އަދި އެ ބޯޑަށް ވަރަށް އަވަހަށް އިތުރު މެމްބަރަކު އައްޔަން ކުރާނެ ކަމަށް އެނގިފައި ވެ އެވެ އެވެ.

މައުޟޫޢުތަށް