ހިޔާގެ ފްލެޓެއްގައި ރޯވީ ބެލްކަނީގައި ހުރި އެކްޒޯސްޓަކުން ކަރަންޓު ޝޯޓްވެގެން: އެމްއެންޑީއެފް
މިހާރު
22 އޮކްޓޯބަރު 2025 | ބުދަ | 4:07
ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ރޯވީ ބެލްކަނީގައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވެގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ހިޔާ ފްލެޓްގެ 11 ވަނަ ޓަވަރުގެ ތިންވަނަ ފުލޯގައި ހުންނަ އެޕާޓްމަންޓެއްގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:30 ވަނިކޮށް ކަމަށެވެ. އެ ރިޕޯޓް ލިބުމާ އެކު، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ސިފައިން ބުންޏެވެ.