ހަފުތާ ބަންދުގައި ވިއްސާރަ އަލިވިޔަސް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:50

މި ހަފުތާ ބަންދުގައި ވިއްސާރަ އަލިވިޔަސް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރޭ ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މިއަދު ހެނދުނު 9 އިން މިއަދު މެންދުރު ފަހު 1:30 އާ ހަމައަށް ޔެލޯ އެލާޓް ވަނީ ދަންމާލައިފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެންމެ ވައި ގަދަވާނީ މިއަދު ކަމަށެވެ. މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް