35،000ރ.ގެ މުސާރައަކާ އެކު މީޑިއާ ކޮމިޝަނަށް އެސްޖީއެއް ހޯދަނީ
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:44
އެނގިފައިވާ ގޮތުގައި، އެ ކޮމިޝަންގެ މެމްބަރުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު ޖުމްލަ 48،000ރ. ލިބޭނެ. އަދި ކޮމިޝަނުގެ ރައީސަށް ޖުމްލަ 59،000ރ. ގެ މުސާރައެއް ލިބޭނެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ އެމްއެމްބީސީއަށް އެސްޖީއެއް ހަމަޖައްސަން އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.