މީޑިއާ ކޮމިޝަންގެ ރައީސަކު ހޮވަން ހުރިހާ މެމްބަރުންނާ އިންޓަވިއުކޮށްފި
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:28
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އެ ކޮމިޝަނުގެ ހަތް މެމްބަރުންނާ އިންޓަވިއުކޮށްފި އެވެ.
އެ ކޮމިޝަނުގެ ރައީސަކު އައްޔަން ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ.
މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސަކު އައްޔަންކުރަން މިއަދު ކުރި އިންޓަވިއުގައި ކޮމިޓީގެ މެންބަރުން ގިނަ ސުވާލުކުރެއްވީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ތަންފީޒުކުރެވޭނެ މިންވަރާ ބެހޭ ގޮތުންނެވެ.