އެލްކްލެސިކޯއަށް ތައްޔާރުވާން ޔުވެންޓަސްގެ މެޗުގައި ފެންވަރު ދަށެއް ނުކުރަން: ޒަބީ

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:01

އެލް ކްލެސިކޯގެ މެޗަށް ތައްޔާރުވާން ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ފެންވަރު ދަށް ނުކުރާކަމަށް ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

މެޑްރިޑްގައި ކުޅުނު މެޗުގައި ރެއާލް އަށް މޮޅު ވެވުނީ ކިރިޔާ އެވެ. މުޅި މެޗުގައި ވެސް ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ރެއާލަށް ވުރެ ގިނައިން ނުރައްކާތެރި ހަމަލާތައް ވެސް ޔުވެންޓަސްއިން އުފެއްދި އެވެ. މެޗު ފެށިގެން ނިމެންދެން ޔުވެންޓަސްއިން ދިޔައީ އެ ޓީމުން ކުޅުނު އެޓޭކިން ގޭމްގައި ދަމަހައްޓަމުންނެވެ.

މައުޟޫޢުތަށް