ފެނަކައިގެ ހާލަތު ގޯސްވުމުގައި ފިނޭންސާއި ޕީސީބީ އަދި ކުންފުނީގެ ބޯޑުގެ ޒިންމާ ބޮޑު!
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:19
ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ހާލަތު އެހާ ގޯސްވީ، އެ ކުންފުނީގެ ބޯޑާއި ޕީސީބީ އާއި ފިނޭންސް މިނިސްޓްރީގެ އިހުމާލުން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޮޑިޓަ ޖެނެރަލް އޮފީހުގެ އިސްވެރިން ހާޒިރުކޮށް، ސުވާލު ކުރުމުން އެ އޮފީހުގެ އެސިސްޓެންޓް އޮޑިޓަ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، ފެނަކައިގެ ބޯޑަކީ، ކުންފުނީގެ މާލީ ހާލަތާއި ސްޓްރެޓެޖިކް ޑައިރެކްޝަން ކަނޑައަޅާ ބަޔަކަށް ވާއިރު، އެ ޒިންމާތައް އެ ބޯޑުން އަދާކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނިން އިންހައުސް ޕްރޮޖެކްޓްތައް ހިންގުމުގައި ވެސް ގެންގުނު އުސޫލުތަކާ ގުޅޭ ގޮތުން ބޯޑުން އެއްވެސް ނިންމުމެއް ނިންމާފަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވި ގޮތުގައި، ކުންފުނީގެ ހާލަތު ބަލައި، ރަނގަޅު މިސްރާބަށް ގެންދިއުމުގައި ބޯޑުގެ ޒިންމާ ބޮޑެވެ.