ހިތަދޫގެ މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް އަޑުއުފުލައިފި

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:27

މަގު ހަދަން އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދުން ބައެއް ހިއްކަން އުޅޭތީ އެކަމާ ދެކޮޅަށް އިއްޔެ އަޑުއުފުލައިފި އެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އައްޑޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕްރޮޖެކްޓް ތިމާވެށި" އިން، އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އިއްޔެ އެ ސަރަހައްދުގައި ބޭއްވި އިހުތިޖާޖުގައި 30 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި އެވެ. އެ އެއްވުމުގެ ބައިވެރިން ޝުއޫރު ފާޅުކުރީ އެ ސަރަހައްދުގެ މޫދުގައި ޕެޑެލް ކުރަމުންނެވެ.

ސަރުކާރުން އެ ސަރަހައްދު ހިއްކަން އުޅެނީ ލިންކް ރޯޑަކީ އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. އެ ސަރަހައްދުން 2.5 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެ އެވެ.

މައުޟޫޢުތަށް