ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ ރާޅު މަރިޔަނބުގެ ގެއަށް މިނިސްޓްރީން ދިޔައިރު އޭނާގެ ދަރިއަކު ނުހުރޭ!

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:45

ދަރިއަކު ނުހުންނަ އަދި ކައިވެންޏެއް ވެސް ނުކުރާ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައީޝާ މިއަދު "މިހާރު" އަށް ބުނީ ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް މީހަކު ރިޕޯޓްކޮށްފައިވާ މައްސަލައަކާ ގުޅިގެން ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އެންމެ ފުރަތަމަ ގުޅީ އޭނާގެ ދައްތައަށް ކަމަށެވެ.

"ދައްތައަށް ގުޅާފައި ބުނީ މައީގެ ހުރޭހޭ ދެ އަހަރުގެ ... ކިޔާ ފިރިހެން ކުއްޖެއް ... އަތޮޅެއްގެ ރަށެއްގައި، ކޮންމެ ވެސް މީހަކާ އެކު އަޅުގަނޑު ހޯދާފައި ހުރި. އެ ކުއްޖާ އަޅުގަނޑު އަތުން ނަގަންވެގެންނޭ މި ގުޅީ، އަޅުގަނޑު އުޅޭ ތަނެއް ހޯދާށޭ،" މައީޝާ ބުންޏެވެ.

މައުޟޫޢުތަށް