ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން ރާއްޖޭގައި

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:38

ޕާކިސްތާނު އަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމަށްވާ ޗެއާމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީ ޖެނެރަލް ސާހިރު ޝަމްޝާދު އަޚުތަރު ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ޖެނެރަލް އަޚުތަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ މިިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

ރާއްޖެއާ ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރަން އެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މައުޟޫޢުތަށް