އޮޓޮޕްސީ ހެދުމާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:36

އައްޑޫ ހިތަދޫގައި ރޭ ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އޮޓޮޕްސީ ހެދުމާމެދު ގޮތެއް ނުނިންމޭތީ އެ މީހުންގެ ހަށިގަނޑު ވަޅުނުލެވި، ދިގުލައިގެން ހިނގައްޖެ އެވެ.

ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60، އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52، އެވެ.

އެނގިފައިވާ ގޮތުގައި އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ފުލުހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މައުޟޫޢުތަށް