ވިލާ ކޮލެޖްގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލައިފި
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:36
ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖްގެ ޖެނުއަރީ އިންޓޭކްގައި ފައުންޑޭޝަން ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކާ ހަމައަށް 100 އަށް ވުރެ ގިނަ ކޯސްތަކަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ އިންޓޭކުގައި ބައިވެރިވުމަށް އެ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އެޕްލައިކުރެވޭނެ އެވެ.
ވިލާ ކޮލެޖުގައި ވަޒީފާގެ ބާޒާރަށް ބޭނުންތެރި ގިނަ ކޯސްތަކަކަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އެންޑް ލޯގެ އިތުރުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި އެކައުންޓިން އެންޑް ފައިނޭންސާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސް ހިމެނެ އެވެ.