ބީއެމްއެލްގެ ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:01
ބޭންކް އޮފް މޯލްޑިވްސް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އެ މުބާރާތް ނުވަ ކެޓަގަރީއަކަށް ބަހާލައިގެން 9 ދުވަހަށް ކުރިއަށް ގެންދިޔައިރު، މުބާރާތުގައި ކޮންމެ ކެޓަގަރީއަކުން 138 ކުޅުންތެރިން ބައިވެރިވި އެވެ. އެ މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، އެ ކުޅިވަރުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައި ދިނުމުގެ މަގުސަދުގައި ބީއެމްއެލްއިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭއްވި މުބާރާތެކެވެ.
އެ މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މިދިޔަ އާދީއްތަ ދުވަހު ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.