ސައޫދީގެ އިސް މުފްތީއަކަށް ޝައިޚް ސާލިހް އަލް ފައުޒާން އައްޔަންކޮށްފި

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:02

ސައޫދީ އަރަބިއްޔާގެ އިސް މުފްތީއަކަށް ޝައިޚް ޑރ. ސާލިހް ބިން ފައުޒާން ބިން އަބްދުﷲ އަލް ފައުޒާން އައްޔަންކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނީ އުމުރުފުޅުން 90 އަހަރުގެ ޑރ. ސާލިހް ބިން ފައުޒާން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ހުށަހެޅުއްވުމަކަށް، ޝާހީ ގަރާރަކުން ކަމަށެވެ.

މި މަގާމަށް ޝައިޚް އަލް ފައުޒާން އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

މައުޟޫޢުތަށް