ބޭފެންސީގެ ސުޕާސްޓްރަކްޗާ މަސައްކަތްތައް ނިމިއްޖެ
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:11
ހުޅުމާލޭގައި ހަދަމުންދާ އެންމެ ބޮޑު އެއް ލަގްޒަރީ ރެޒިޑެންސް ކޮމްޕްލެކްސް، ބޭފެންސީ ރެޒިޑެންސްގެ 18 ބުރީ އިމާރާތުގައި ސުޕަސްޓްރަކްޗާ މަސައްކަތް ނިމިފައިވާ ކަމަށް ބޭފެންސީއިން ބުނެފި އެވެ.
ސުޕަސްޓްރަކްޗާގެ މަސައްކަތަކީ އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިންމައި، ރޫފްޓޮޕާ ހަމައަށް އިމާރާތުގެ އުސްމިނަށް ހަދާ ސްޓްރަކްޗަރަލް ފްރޭމެވެ. މި މަސައްކަތް ނިމުމަކީ އެ ޕްރޮޖެކްޓަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބޭފެންސީއިން ސިފަކުރެ އެވެ.
ބޭފެންސީއިން ބުނީ އެ އިމާރާތުގެ މަސައްކަތްތައް ތާވަލުކޮށްފައިވާ ވަގުތަށް ނިންމަމުން ދާއިރު، އެ މަސައްކަތްތައް ކުރަމުންދަނީ އިންޖިނިއަރިން ސްޓޭޑާޑުތަކަށް ފެތޭ ގޮތަށްކަމަށާއި އެ ކުންފުނިން މަސައްކަތް ކުރިއަށް ދާ މިންވަރު ދެ ފުށް ފެންނަގޮތަށް ރިޕޯޓުކުރަމުންދާ ކަމަށެވެ.