މާލެއާއި ވިލިމާލޭގެ މަގުތައް ހަަދަން ޗައިނާއާ އެކު ޑިޒައިން މަރުހަލާގެ އެލްއޯއީގައި ސޮއިކޮށްފި
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:40
ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ޓަކައި ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ދެ ގައުމުން ސޮއިކޮށްފި އެވެ.
އެ އެލްއޯއީގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.