ސިނގިރެޓް ކޮންޓެއިނާތައް ވަގަށް ބޭރުކުރި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:41

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަަގަށް ނަގައިގެން އުފުލި އިރު އެކަން ހިންގި ދޯނީގައި ކެޕްޓަނަކަށް ހުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް ހަފުތާއަކަށް ބަންދުކޮށްފި އެވެ.

ސިނގިރެޓް ކޮންޓެއިނާ އުފުލި އިރު ދޯނީގެ ކެޕްޓަނަކަށް ހުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54، އެވެ. ހައްޔަރު ކުރި އިރު އޭނާ ދިރިއުޅެމުން ދިޔައީ އެމްޕީއެލްގެ މުވައްޒްފުންނަށް ހުޅުމާލެ2 ގައި އަޅާފައިވާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ އެޕާޓްމަންޓެއްގަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ ވައްކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ އޭނާއަށް ކުރަނީ ޖިނާއީ ބޮޑު ކުށެެއްގެ ތުހުމަތެވެ. އޭނާގެ ބަންދުގެ މުއްދަތަށް އެންމެ ހަތް ދުވަސް ޖެހީ އެ އަމުރުގައިވާ ގޮތުން، ދިފާއީ ވަކީލާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ ދިފާއީ ވަކީލު އެދިގެންނެވެ.

މައުޟޫޢުތަށް