ދޯހާ މެރެތަން އަށް ދާން ބޭނުންވާ ދުވުންތެރިން ރަޖިސްޓަރީ ވާން އުރީދޫން ހުޅުވާލައިފި
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:18
އުރީދޫ ގްރޫޕުން ގަތަރުގެ ދޯހާގައި ބާއްވާ މެރަތަންގައި ރާއްޖެއިން ބައިވެރިވާ 15 ދުވުންތެރިއެއްގެ ރަޖިސްޓްރޭޝަން ފީ އުރީދޫން ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގަތަރުގެ ދޯހާގައި ކޮންމެ އަހަރަކު ވެސް ބާއްވާ މި ދުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. މި ދުވުމުގެ ރެޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ދުވުމަށް ރަޖިސްޓްރީ ކުރެވޭނީ ނޮވެމްބަރު 24ގެ ނިޔަލަށެވެ.
މި ދުވުމުގައި ބައިވެރިވެވޭނީ ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއްގައި ދުވުމުގެ ގާބިލްކަން ސިއްހީ ގޮތުން ލިބިފައި ހުރި، މީގެކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއްގައި ދުވެފައިވާ މީހުންނަށެވެ. އަދި ގަތަރަށް އެތެރެވުމުގެ ޝަރުތު ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮންނަ މީހުންނަށެވެ. ދޯހާ މެރަތަން އަކީ ކޮންމެ އަހަރަކު ވެސް އުރީދޫ ގްރޫޕުން ގަތަރުގައި ބާއްވާ ދުވުމެކެވެ. މި ދުވުމުގައި 15،000 އެއްހާ މީހުން ބައިވެރިވާނެ އެވެ.