އައްޑޫ ދެމަފިރިންގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމައި، ޖަނާޒާ މާދަމާ

މިހާރު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:55

އައްޑޫ ހިތަދޫގެ ގެެއެއްގެ ތެރޭގައި ނިޔާވެފައި ތިއްބާ އިއްޔެ ހަވީރު ފެނުނު ދެމަފިރިންގެ އޮޓޮޕްސީ ނުހަދަން ފުލުހުން އެންމެ ފަހުން ނިންމައި، އެ ދެމަފިރިންގެ އާއިލާއާ ހަށިގަނޑު މިރޭ ހަވާލުކޮށްފި އެވެ.

ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60 އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52 އެވެ.

އެނގިފައިވާ ގޮތުގައި އޮޓޮޕްސީ ހަދަން ރާއްޖެ އިން ބޭރަށް ގެންދިއުމަށްޓަކައި އެ ދެމަރިފިންގެ ހަށިގަނޑު މޯލްޑިވިއަން އެއާލައިންގެ ފްލައިޓެއްގައި މާލެ ގެންނަ ގޮތަށް ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެ ދެމަފިރިންގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު ބާއްވާނެ ކަން އާއިލާ އިން މިހާރު ވަނީ "ކަށުނަމާދު ޕޭޖު" ގައި އިއުލާނުކޮށްފަ އެވެ.

މައުޟޫޢުތަށް