ބީޓީއެސް އިން އަންނަ އަހަރު އިންޑިއާގައި ޝޯއެއް ބާއްވަނީ
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 8:33
ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ޝޯއެއް އަންނަ އަހަރު އިންޑިއާގައި ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ބީޓީއެސް އިން މިހާރު އަންނަނީ އެ ބޭންޑުގެ ވޯލްޑް ޓުއާއެއް އަންނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަދި އެ ޓުއާގެ ދަށުން ދުނިޔޭގެ 20 ސިޓީއެއްގައި އެ ބޭންޑުން ޝޯ ދޭނެ އެވެ.
އެ ބޭންޑުން ޝޯ ދޭ ސިޓީތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީ ވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.