އިންޑިއާގެ މި އަހަރުގެ އެންމެ އަގުބޮޑު ފިލްމަކީ "ކަންޓާރާ"
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 7:52
މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދައި، އިންޑިއާގެ އެންމެ އަގުބޮޑު ފިލްމަކަށް ދެކުނު އިންޑިއާގެ އެކްޝަން ތުރިލާ "ކަންޓާރާ: ޗެޕްޓާ 1" ވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މަހުގެ ދެވަނަ ދުވަހު ރިލީޒްކުރި ކަނައްޑާ ފިލްމު "ކަންޓާރާ: ޗެޕްޓާ 1" އަށް އިއްޔެގެ ނިޔަލަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 809 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
"ކަންޓާރާ: ޗެޕްޓާ 1"ގެ ކުރިން މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ ބޮލީވުޑްގެ ތާރީޚީ ފިލްމު "ޗާވާ" އެވެ. ވިކީ ކައުޝަލް ލީޑް ރޯލު ކުޅުނު އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބުނު މުޅި ޖުމްލަ އާމްދަނީއަކީ 807 ކްރޯޑް ރުޕީސް އެވެ.