އައްޑޫ ސިޓީ ކައުންސިލުން ވަކިވުމުން ފޭދު އަށް އޮތް މޮޅަކީ ކޮބާ؟
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 4:18
"އުނދުނަށް އެންމެ ދަރުގަނޑެއް ލައިގެން ހަމަ އަނދައިގެން ދާނީ..." މިއީ އައްޑޫގެ ސިޓީ ކައުންސިލުގެ ދަށުން ފޭދޫ ވަކިކޮށް ވަކިން ފޭދޫ ރަށު ކައުންސިލެއް އުފައްދަން ތާއީދު ކުރޭތޯ ސުވާލު ކުރުމުން އެ ރަށުގެ މީހަކު ދިން ޖަވާބެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި އިދާރީ ގޮތުން އައްޑޫ ވަކިކޮށްލުމަކީ ވެސް އެ ކަހަލަ ކަމެކެވެ. ފޭދޫ ވަކިކޮށްފި ނަމަ "ދަރުގަނޑެއް އަނދައިގެން ދާހެން ދާނީ،" އެވެ. އެ އަށް ވުރެ ގިނަ ދަރުތަކެއް އަޅައިގެން އައްޑު އަށް "ކެއްކޭވަރު ގިނަވާނެ" އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވެސް ހިންގަމުންދާތާ 15 ވަރަކަށް އަހަރު ފަހުން އެ ރަށްރަށުގައި ވަކި ކައުންސިލުތައް ހަދަން ފެންނަ ނުފެންނަ ވޯޓެއް ނެގުން އޮތީ މާދަމާ އެވެ. ވަކި ކައުންސިލެއް ހެދުމަށް ތާއީދުކޮށް ހިންގާ ކެމްޕެއިން ވެސް ވަރަށް ފޯރިގަދަ އެވެ. އެހާމެ ވާދަވެރި އެވެ.