މެސީ، އިންޓަ މަޔާމީގައި 2028 ގެ ނިޔަލަށް މަޑުކުރަނީ
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 1:44
ފްލޮރިޑާ (އޮކްޓޫބަރު 24) - އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ 2028 ގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިންޓަ މަޔާމީން އިއްޔެ ބުނި ގޮތުން އުމުރުން 38 އަހަރުގެ ފޯވާޑް އެ ކްލަބާ އެކު، އާ ކޮންޓްރެކްޓުގައި ސޮއިކުރީ ކްލަބްގެ އާ ސްޓޭޑިއަމް މަޔާމީ ފްރީޑަމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދާ ސައިޓުގަ އެވެ. އެ ކްލަބުން އަންނަނީ އަންނަ ސީޒަން ފެށެން ވާ އިރަށް އާ ސްޓޭޑިއަމް ބޭނުން ކުރަން ފަށަން ތައްޔާރުވަމުންނެވެ.
އިންޓަ މަޔާމީ އުފެދުނީއްސުރެ އެ ޓީމު ކުޅެމުން އަންނަނީ 21،550 ސަޕޯޓަރުންގެ ޖާގައިގެ ޗޭސް ސްޓޭޑިއަމްގަ އެވެ. މަޔާމީ ފްރީޑަމް ޕާކަކީ ގިނަ ވަސީލަތްތަކަކާ އެކު ހަދާ 25،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.