ފެނަކައަށް މުވައްޒަފުން ނަގަނީ އިއުލާން ކުރުމެއް، އިންޓަވިއުގެ މަރުހަލާއެއް ވެސް ނެތި!

މިހާރު

24 އޮކްޓޯބަރު 2025 | ހުކުރު | 2:52

ދެހާސް ތޭވީސް ވަނަ އަހަރު އަދި މިދިޔަ އަހަރު ވެސް 50 ޕަސެންޓް މުވައްޒަފުން ކުންފުންޏަށް ނެގީ އާންމުކޮށް އިއުލާނު ނުކޮށް ކަމަށް އޮޑިޓް އޮފީހުން ބުނި.

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އަދަދު 2020 އިން 2023 ގެ ނިޔަލަށް 60 ޕަސެންޓު އިތުރު ވެފައިވާ ކަމަށާއި އެ މުއްދަތުގައި މުވައްޒަފުން ނަގާފައި ވަނީ އިއުލާން ނުކޮށް އަދި އިންޓަވިއުގެ މަރުހަލާތަކާ ވެސް ނުލައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފި އެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ވެސް ތިން އަހަރުގެ ތެރޭގައި 78 ޕަސެންޓަށް އިތުރުވި އެވެ. ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. އަދި 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 ގަ އެވެ.

މައުޟޫޢުތަށް