އަނދަވަޅުން އަރައިގަންނަން އެފްއޭއެމުން ކުރާ މަސައްކަތަށް އިންފަންޓީނޯގެ ސާބަސް

މިހާރު

24 އޮކްޓޯބަރު 2025 | ހުކުރު | 7:47

ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ ލީޑަރު އިންފަންޓީނޯ މިއަދު ހެނދުނު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި އެއް ސަބަބަކީ ވެސް ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމެވެ.

މި ދަތުރުގެ ތެރެއިން މިއަދު މެންދުރުފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި އިންފަންޓީނޯ ވަނީ މިދިޔަ އަހަރުތަކުގައި ރާއްޖެ އަށް ދިމާވި ދެރަ ގޮތްތަކުން އަރައިގަތުމަށް އެފްއޭއެމްގެ އާ ލީޑާޝިޕުން ކުރަމުން އަންނަ މަސައްކަތަކަށް ސާބަސް ދެއްވައިފަ އެވެ. އިންފަންޓީނޯ ވަނީ އެ މަސައްކަތުގައި ރާއްޖޭން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކޮށް ފީފާ އިން ރާއްޖެ އަށް ދެމުންދާ އެހީތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

މައުޟޫޢުތަށް