މާލޭގައި ނޭޕާލު އަންހެނަކު ގެއްލިގެން ހޯދަނީ
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 8:38
ނޭޕާލުގެ، އުމުރުން 19 އަހަރުގެ އަންހެނަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.
ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން ރިޕޯޓްކޮށްފައިވާ މީހާގެ ނަމަކީ ޕޫރްނީމާ ގަޖްމާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ގެއްލިގެން ރިޕޯޓްކުރީ، ގެއްލުނުތާ ދެ ދުވަސް ފަހުން އިއްޔެ އިރު އޮއްސުނު ފަހުން ކަމަށެވެ.