ސައިބަކްރައިމްއާ ދެކޮޅު މުއާހަދާގައި ރާއްޖޭން ސޮއިކޮށްފި

މިހާރު

25 އޮކްޓޯބަރު 2025 | ހޮނިހިރު | 6:21

ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަކްރައިމް ގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

ވިއެޓްނާމްގެ ހަނޯއީގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން އެ މުއާހަދާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލެވެ.

އެ މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ހަލީލް ވިދާޅުވީ އެ މުއާހަދާއަކީ ރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބު ކަމަށެވެ.

މައުޟޫޢުތަށް