"ތަޖުރިބާކާރުންގެ ކޮމިޓީ" އަކާ ޣައްޒާ ހަވާލުކުރަން ހަމާސް އާއި ފެކްޝަންތަކުން އެއްބަސްވެއްޖެ
މިހާރު
25 އޮކްޓޯބަރު 2025 | ހޮނިހިރު | 6:25
ހަނގުރާމައަށް ފަހު، މިނިވަން ތަޖުރިބާކާރުންގެ ކޮމިޓީއަކުން ޣައްޒާ ބެލެހެއްޓުމަށް ހަމާސް އާއި ފަލަސްތީނުގެ ސިޔާސީ ބޮޑެތި ޕާޓީތަކުން އިއްޔެ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މިސްރުގެ ގާހިރާގައި ބޭއްވި ބައްދަލުވުމަކަށް ފަހު ހަމާސްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާ ހިންގުން ވަގުތީގޮތުން ފަލަސްތީނުގެ މިނިވަން ކޮމިޓީއަކަށް ބަދަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ.
އާންމު ދިރިއުޅުމުގެ ކަންކަމާއި ޒަރޫރީ ހިދުމަތްތައް އެ ކޮމިޓީން ހަމަޖައްސައިދޭނީ އަރަބި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެންމެން އެއްގަލަކަށް އެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ފެކްޝަންތަކުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.