އަންނަ މަހު 13 ގައި ހަސީނާއަށް މަރުގެ ހުކުމް އިއްވަފާނެ
މިހާރު
26 އޮކްޓޯބަރު 2025 | އާދިއްތަ | 7:04
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ، އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ހިންގުމުގެ ކުށުގެ ދައުވާތަކުގެ ހުކުމް އަންނަ މަހުގެ 13 ވަނަ ދުވަހު އިއްވާނެ ކަމަށް އެޓާނީ ޖެނެރަލް އެމްޑީ އަސަދުއްޒަމާން ވިދާޅުވެއްޖެ އެވެ.
ދަރިވަރުން ނުކުމެ ކުރި މުޒާހަރާތަކުން، އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރު ވައްޓާލުމާ އެކު ފިއްލަވައިގެން ވަޑައިގަތީ އިންޑިއާއަށެވެ. ޝަރީއަތަށް ހާޒިރުވުމުގެ އަމުރުތަކަށް ވެސް ތަބާވެވަޑައިނުގެން ހުންނެވުމުން ކޯޓުން ވަނީ ޣައިރު ހާޒިރުގައި ހިންގި ޝަރީއަތްތައް ބުރާސްފަތި ދުވަހު ނިންމާލައިފަ އެވެ.
"އިންސާފު ގަބޫލުކުރައްވާ ނަމަ ހަސީނާ [ޝަރީއަތަށް] ވަޑައިގަންނަވާނެ،" ފަސް މަސް ދުވަހަށް ދެމިގެން ދިޔަ ޝަރީއަތް ނިމި ހުލާސާ ބަޔާނުގައި އެޓާނީ ޖެނެރަލް އަސަދުއްޒަމާން ވިދާޅުވި އެވެ.