އައްޑޫ ވޯޓު: ވޯޓުލާން ނުކުތީ 47 ޕަސެންޓް މީހުން
މިހާރު
25 އޮކްޓޯބަރު 2025 | ހޮނިހިރު | 9:16
އައްޑޫގެ ތިން ރަށް ކަމަށްވާ ފޭދު އާއި ހުޅުދު އާއި މީދޫގައި ވަކި ކައުންސިލް އުފައްދަން ފެނޭތޯ ބަލަން މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ތިން ރަށާއި މާލެ އިން ވޯޓުލާން ނުކުތީ ހައްގު ލިބިގެންވާ މީހުންގެ 47 ޕަސެންޓް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
ތިން ރަށުން ޖުމްލަ 9،576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަން އީސީން އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު މީގެ ތެރެއިން 50 ޕަސެންޓް މީހުން ވެސް ވޯޓުލާކަށް ނުނުކުމެ އެވެ.
ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،008 މީހުންނެވެ. ހުޅުދޫން 2،874 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،069 މީހުންނެވެ.