ޗެލްސީ މުޅިއަކުން ރަނގަޅެއް ނޫން: މަރެސްކާ

މިހާރު

26 އޮކްޓޯބަރު 2025 | އާދިއްތަ | 5:44

ލަންޑަން (އޮކްޓޫބަރު 26) - ހަތް ސީޒަނަށް ފަހު އަލުން ޕްރިމިއާ ލީގު ކުޅޭ ސަންޑަލެންޑުން ފަހު ވަގުތު ޗެލްސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ 2-1 ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

ޗެލްސީ ވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި އަލެހަންދްރޯ ގާނާޗޯގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް މި ހާފުގައި ސަންޑަލެންޑްގެ ވިލްސަން އިޑީސޯ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސަންޑަލެންޑް މޮޅުވި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެމްސްޑައިން ތަލްބީ އެވެ.

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ޖުމްލަ ގޮތެއްގައި ޗެލްސީ ޓީމެއް ގޮތުގައި ފެންނަނީ ބަލިކަށިކޮށް ކަމަށެވެ.

މައުޟޫޢުތަށް