ހަރްޝްގެ އާ ފިލްމަށް ވެސް ތަރުހީބު ރަނގަޅު

މިހާރު

26 އޮކްޓޯބަރު 2025 | އާދިއްތަ | 6:27

"ސަނަމް ތޭރީ ކަސަމް" އިން ގިނަ ބައެއްގެ ލޯބި ހޯދި ބޮލީވުޑްގެ އެކްޓަރު ހަރްޝްވަރްދަން ރާނޭގެ އާ ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"އަށް ވެސް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ރިލީޒްކުރި "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"އަށް ފުރަތަމަ ދުވަހު ރަނގަޅު ފެށުމެއް ނުލިބުނު ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި ވަނީ ރަނގަޅު އާމްދަނީއެއް ލިބިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، 25 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ވަނީ 43.07 ކްރޯޑް ރުޕީސް ލިބި ފައިދާ ޖެހެން ފަށައިފަ އެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުގައި، އެ ފިލްމަށް ދެތިން ހަފުތާގެ ތެރޭގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ އެވެ.

މައުޟޫޢުތަށް