ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުން ގައުމީ އަންހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި
މިހާރު
26 އޮކްޓޯބަރު 2025 | އާދިއްތަ | 9:44
އިންޑިއާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުން ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
އިންޑިއާގެ ރަންޗީގައި ކުރިއަށްދާ މުބާރާތުގެ 4 ގުނަ 100 މީޓަރު ވާދަކުރީ ފަސް ޓީމެވެ.
އިންޑިއާ ފަހަތަށް ޖައްސާލުމަށް ފަހު ރަން މެޑަލް ގެންދިޔައީ ލަންކާއިންނެވެ. ލަންކާގެ ދުވުންތެރިން ރޭސް ނިންމީ 44.70 ސިކުންތުންނެވެ.