އަޅުވެތިކަމުން މިނިވަންވެ، މި ލިބުނީ ބޮޑު ކާމިޔާބީއެއް: ހުޅުދޫ/މީދޫ
މިހާރު
26 އޮކްޓޯބަރު 2025 | އާދިއްތަ | 3:51
އައްޑޫގެ ހުޅުދު އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ "އަޅުވެތިކަމުން" ސަލާމަތްވެ އިއްޔެ ލިބުނީ ފުރިހަމަ ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދެ ދާއިރާގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން އިއްޔެ ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފަ އެވެ. އެ ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާށެވެ. އެކަމަކު، ފޭދޫން ނިންމީ ސިޓީ ކައުންސިލްގައި ދެމިތިބުމަށެވެ.
ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. ހުޅުދޫއިން 2،874 މީހުންގެ ތެރެއިން 1،069 މީހުން ވަނީ ވޯޓުގައި ބައިވެރިވެފަ އެވެ.