200 އަށް ވުރެ ގިނަ ބަނގުރާފުޅިއާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި
މިހާރު
26 އޮކްޓޯބަރު 2025 | އާދިއްތަ | 12:45
ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ 1 އިން ރޭ ދަންވަރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ރަށުތެރެ ޕެޓްރޯލްކުރަން ނުކުމެ އުޅުނު ފުލުހުން ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގުލަދޭޝްގެ ދެ މީހުން ކަމަށްވާ އެމްޑީ ރިޔާސުއްދީން، 19، އާއި އެމްޑީ އަޝްރަފުލް އަލަމް، 27، އަދި ޕާކިސްތާނު މީހެއް ކަމަށްވާ ޔާސިރް ހަމީދު، 24، އެވެ.