ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ހުއްދަ ނެތި ނައްތާނުލަން އަންގައިފި

މިހާރު

26 އޮކްޓޯބަރު 2025 | އާދިއްތަ | 3:01

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހުއްދަ ނެތި ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ނައްތާނުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

ޕޮލިސް ރެކޯޑްތައް ބެލެހެއްޓުމާ ބެހޭ ގަވާއިދަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން، ޖިނާއީ މައްސަލަތަކުގެ ތެރެއިން ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތަކުގެ އަސްލު އެއް އަހަރު ފަހުން ނައްތާލެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް އެހެން މައްސަލަތަކާ ގުޅިގެން ބޭނުން ކުރެވޭނެ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

މައުޟޫޢުތަށް