ވަގުފް އިމާރާތް އަޅަން އާރުސީސީއަށް، އަހަރަކު 10 މިލިއަންގެ އާމްދަނީއެއް ލިބޭނެ
މިހާރު
26 އޮކްޓޯބަރު 2025 | އާދިއްތަ | 3:37
މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އާރުސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.
އެ އިމާރާތް އެޅުމަށް ނިންމާފައި ވަނީ ޒަމާނީ ވަސީލަތްތަކާ އެކު 12 ފްލޯ އަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯ ހާއްސަ ކުރާނީ ރިސެޕްޝަނަށެވެ.