"ރެއާ އާތު މިނެރަލް" ގަންނަން އެމެރިކާ އިން މެލޭޝިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިހާރު

26 އޮކްޓޯބަރު 2025 | އާދިއްތަ | 9:26

ސްމާޓް ފޯނާއި އިލެކްޓްރިކް ވެހިކަލްތަކާއި އިޔާދަކުރަނިވި ހަކަތަ އަދި އަސްކަރީ ބައެއް ސާމާނު އުފައްދަން ބޭނުންކުރާ މުހިއްމު ބާވަތެއް ކަމަށްވާ "ރެއާ އާތު މިނެރަލް" މެލޭޝިއާއިން އިމްޕޯޓްކުރަން އެމެރިކާއިން އެގައުމާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްްފި އެވެ.

ރެއާ އާތު މިނެރަލް އެމެރިކާ އަށް ވިއްކުމުގެ އެއްބަސްވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމާ އެކު މިއަދު ސޮއިކުރެއްވި ވިޔަފާރީގެ ގިނަ އެެއްބަސްވުންތަކެއްގެ ތެރޭގައި ހިމެނޭ އެއްބަސްވުމެކެވެ.

އެމެރިކާ އިން މެލޭޝިއާއާ އެކު، މިފަދަ އެއްބަސްވުމެއް ގާއިމްކޮށްފައި ވަނީ އެ ރެއާ އާތު މިނެރަލް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ގައުމު ކަމަށްވާ ޗައިނާ އިން އެ ބާވަތް އެކްސްޕޯޓްކުރާ މިންވަރު މަދުކޮށްފައިވާ ވަގުތެއްގަ އެވެ.

މައުޟޫޢުތަށް