މެޑްރިޑުގައި މި ފަހަރު ބާސާއަށް ބޭނުންވި ގޮތެއް ނުވި

މިހާރު

27 އޮކްޓޯބަރު 2025 | ހޯމަ | 12:53

މެޑްރިޑް (އޮކްޓޫބަރު 26) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ 2-1 އިން ބަލިވެ، ލީގުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

މި ނަތީޖާއާ އެކު، ރެއާލް މެޑްރިޑް ވަނީ ލީގުތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ރެއާލަށް ވަނީ 10 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ބާސާ ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ.

އަމިއްލަ ދަނޑުގައި ރެއާލް ފެށީ ވެސް ވަރުގަދަކޮށެވެ. ފަސް މިނިޓު ތެރޭގައި ރެއާލް މެޑްރިޑުން ޕެނަލްޓީއަކަށް އެޕީލް ކޮށް ވީއޭއާރުގެ އެހީގައި ވެސް ނާކާމިޔާބު ވުމުން އޭގެ ހައެއްކަ މިނިޓު ފަހުން ކިލިއަން އެމްބާޕޭ ގޯލެއް ޖެހި އެވެ. އެ ފަހަރު ވެސް ވީއޭއާރުން ނިންމީ ރެއާލާ ދެކޮޅަށެވެ.

މައުޟޫޢުތަށް