މޫނު ނިވާކޮށްގެން ތިބި ބަޔަކު ބީއެމްއެލްގެ ފައިސާތަކެއް ފޭރިގެންފި
މިހާރު
27 އޮކްޓޯބަރު 2025 | ހޯމަ | 9:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ރޭ ފޭރިގެންފި އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައިވާ ގޮތުން ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ފަތިހު 4:45 ހާއިރު އެވެ. އެކަމަކު، އެއީ ކޮން ބޭންކެއް ކަމެއް އަދި ފައިސާގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔަ ފައިސާތަކެކެވެ.