ފޭރިގަތީ ފުރާ މީހުންނަށް ދޫކުރަން ގެންދިޔަ ޑޮލަރު، ވަޅިން ބިރު ދެއްކި!

މިހާރު

27 އޮކްޓޯބަރު 2025 | ހޯމަ | 10:15

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ރޭ ފަތިހު ފޭރިގަތީ ވަޅިން ބިރު ދެއްކުމަށް ފަހު ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކަކުން ބުނެފި އެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި ހުރި ފައިސާ ސޫޓް ކޭސް މޫނުނިވާ ކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭގެ 4:45 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ހުރި ފަރާތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ. އަދި އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިން ކަމަށް އެ މީހާ ކިޔައި ދިނެވެ.

މައުޟޫޢުތަށް