ވިކްޓަރީ އަށް ހަމަނޭވާއެއް!
މިހާރު
27 އޮކްޓޯބަރު 2025 | ހޯމަ | 10:11
ޓީސީ ކޮޅަށް އަލީ ނަސޫހު ރަޝީދު (ޕިލާ) ވައްދާލި ލަނޑުން މޮޅުވެ ވިކްޓަރީ އަށް ހަމަނޭވާއެއް ލެވިއްޖެ އެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑަކީ ނަސޫހުގެ އިންޑަވިޖުއަލް ހުނަރު ބޭނުންކޮށްގެން ޖެހި ގޯލެކެވެ.
ވިކްޓަރީގެ ބްރެޒިލްގެ ފޯވާޑް ވަލަޑްމިއާ އެވަޓަން، އެ ޓީމުގެ ހާފުގެ ތެރޭގައި ހުރެފައި ނަސޫހު އަށް ބޯޅަ ދިން އިރު ނަސޫހު ހުރީ ޓީސީގެ ހަފުގެ ސެންޓަ ސާކަލް ތެރޭގަ އެވެ. ބޯޅަ ހިފައިގެން ގޮސް ބޯޅަ ކުރިއަށް ޖައްސާލި އެވެ. އަލުން ނަސޫހު ގޮސް ބޯޅަ ކޮންޓްރޯލު ހޯދައި އޭނާގެ ސްޕީޑް ބޭނުންކޮށްގެން އޭރިއާ ތެރެއަށް ވަންނަން ދިޔަ އެވެ.