އަހުލާގު ގެއްލިފައި އޮތީ މިސްކިތުގެ އެތެރޭގައި ޕާކްކުރާ ވަރަށް: އަމީން

މިހާރު

27 އޮކްޓޯބަރު 2025 | ހޯމަ | 1:47

ވެހިކަލް ޕާކް ކުރުމުގައި މީހުންގެ އަހުލާގު ގެއްލިފައި އޮތީ ފުރުސަތު ލިބިއްޖެ ނަމަ މިސްކިތުގެ އެތެރޭގައި ވެސް ޕާކްކުރާ ވަރަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕާކްކުރުމުގައި މީހުންގެ އަހުލާގު އެ ވަރަށް ގެއްލުނީމާ ވެހިކަލް ޓޯކުރުން މިހާރަށް ވުރެ ހަރުކަށި ކުރަން ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެހާ ވަަރަށް ގަވައިދު ހަރުކަށިކުރަން ވާނީ މަޑުމަޑުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީހުންގެ އަހުލާގު ޕާކްކުރުމުގައި ގެއްލިފައި އޮތް ވަރު މިއީ، ޖާގަ ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނުން އެބަހުރޭ މިސްކިތަށް އަރާ އިރު ވެސް މިސްކިތުގެ ސަފުގެ ފުރަގަހުގައި ސައިކަލް ބަހައްޓާފައި އެރުން،" ޕާކު ކުރުން ދޯދިޔާވެފައިވާ ވަރު ހާމަކޮށްދެއްވަމުން އަމީން ވިދާޅުވި އެވެ.

މައުޟޫޢުތަށް