ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތް ރާއްޖޭން ނިންމާލީ އެންމެ މެޑައްޔަކުން
މިހާރު
27 އޮކްޓޯބަރު 2025 | ހޯމަ | 10:29
އިންޑިއާގައި ރަންޗީގައި ބޭއްވި ދެކުނު އޭޝިއާ އެތުލެޓިކްސް މުބާރާތުން އެންމެ މެޑައްޔަކާ އެކު ރާއްޖޭން ނިންމާލައިފި އެވެ.
އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައި ވާދަކޮށް ހޯދި ލޯ މެޑަލް ފިޔަވައި އެހެން މެޑައްޔެއް، އިއްޔެ ނިމުނު މުބާރާތުން ރާއްޖެއަކަށް ނުލިބެ އެވެ.
ރާއްޖެ އާއު ބަންގްލަދޭޝް އަށް ވެސް ލިބުނީ އެއް މެޑައްޔެވެ. ބަންގްލަދޭޝް އަށް ވެސް ލިބުނީ ލޯ މެޑައްޔެއް އެކަންޏެވެ. މެޑައްޔެއް ނުލިބެނީ ބޫޓާނަށް އެކަންޏެވެ.