އެހީތެރިކަން ބޭނުންވާ މީހުންނަށް ކައުންސިލް ބަޖެޓުން އެހީދޭން އަންނަ އަހަރު މަޖުބޫރު ވާނެ: ރައީސް

މިހާރު

27 އޮކްޓޯބަރު 2025 | ހޯމަ | 12:24

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކައުންސިލްތަކުގެ ބަޖެޓުން، ރަށްރަށުގައި އުޅޭ އެހީތެރިކަން ބޭނުންވާ މީހުންނަށާއި އިމަޖެންސީ ކަންކަމަށް ހޭދަކުރަން ލާޒިމްވާނެ ކަމަށް ރައީސް ޑރ. މުހައމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތަށް، މި ހަފްތާ ނިމުމުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅާއިރު އާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް