އެއާޕޯޓުން ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރުކޮށް، ލޯންޗު ވެސް ހޯދައިފި
މިހާރު
27 އޮކްޓޯބަރު 2025 | ހޯމަ | 1:37
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ މި ވައްކަމުގައި ބޭނުންކުރި ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށާއި އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.