ގާނޫނާ ހިލާފަށް މީހުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ: އޮޑިޓް

މިހާރު

27 އޮކްޓޯބަރު 2025 | ހޯމަ | 6:08

ވަޒީފާގެ އެކި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި 2022 ވަނަ އަހަރު 1.4 މިލިއަން ރުފިޔާ ދޭން ޖެހުނު.

ގާނޫނާ ހިލާފަށް ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާއި އަދި ވަޒީފާގެ މައްސަލަތައް ކޯޓުތަކުގައި އިސްތިއުނާފް ކުރުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަންގަވައިފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒީ ސޮއިކުރައްވައި، މިދިޔަ ހަފުތާގައި ނެރުއްވި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު ވަޒީފާގެ އެކި މައްސަލަތަކުގައި 1.4 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ޖެހުނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އިސްތިއުނާފް ނުކުރެވި، ބަދަލު ދޭން ޖެހުނީ ކޮމިޝަންގެ ފަރާތުން އިސްތިއުނާފް ފީ ދެއްކުމުގައި އިހުމާލުވުމުން ކަމަށާއި ގާނޫނީ ހިލާފަށް މީހުން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ނެތް ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މައުޟޫޢުތަށް