އަންނަ އަހަރު ބަޖެޓްގައި އެންމެ އިސްކަމެއް ސިއްހީ ދާއިރާއަށް، އެންމެ މަތީ ހިދުމަތްތައް ގާއިމްކުރާނަން: ރައީސް

މިހާރު

27 އޮކްޓޯބަރު 2025 | ހޯމަ | 11:33

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ކަމަށާއި ރާއްޖޭގައި ސިއްހީ އެންމެ މަތީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅާއި ކ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވަން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑެތި ހަރަދުތައް ކޮށްގެންނާއި އާސަންދައިން ރާއްޖޭން ބޭރަށް ގޮސް ސިއްހީ ފަރުވާ ހޯދަން ޖެހޭ ޖެހުން އަންނަ އަހަރު ކުޑަކޮށް، ރާއްޖޭގައި މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށެވެ.

އެހެންވެ، އަންނަ އަހަރުގެ ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް