އެއާޕޯޓް ޓާމިނަލުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް، ބަލައިފާސްކުރަނީ!

މިހާރު

27 އޮކްޓޯބަރު 2025 | ހޯމަ | 11:03

ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ނިސްބަތް ވަނީ ގުރައިދު އަށް. އަނެއް ދެ މީހުންގެ ރަށެއް އަދި ސާފެއް ނުވޭ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ސޫޓްކޭހުގައި ހުރި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރިގަތް މީހުން ލޯންޗުގައި ދިޔައީ ކ. ހުރަ އަށް ކަން އެނގިއްޖެ އެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުން އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ހޯދާފައިވާ ކަމަށް މިއަދު މެންދުރު 1:30 ވާން އުޅެނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ. އެކަމަކު ފައިސާ ފެނުނު ކަމެއް ތަހުގީގީ އިދާރާތަކުން އަދި ނުބުނެ އެވެ.

މައުޟޫޢުތަށް