ޔާމީން ވިދާޅުވީ ވެރިކަން ބޭނުންފުޅުވަނީ އަމިއްލަ މުހުތާދުތައް ފުއްދާކަށް ނޫން ކަމަށް
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 12:42
މުއައްސަސާތަކަށް ކަންކަން ނުކުރެވޭ ވާހަކަ އެ މަނިކުފާނު ވިދާޅުވަނީ ވެރިކަން ބޭނުންފުޅު ވެގެން ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި އެކަމަކު އެއްވެސް މީހަކު ވެރިކަން ބޭނުންވުމަކީ އޭގެ ޒާތުގައި އައިބު އަދި ކޮރުކަމެއް ވެސް ނޫން ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ހއ. ދިއްދޫގައި ބޭއްވި އެ އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
ޔާމީން ވިދާޅުވީ، މުއައްސަސާތައް ކަންކަމަށް ޒިންމާ ނުވާ ނަމަ ނުވަތަ ހިދުމަތް ނުދޭ ނަމަ އަދި ވައުދުތައް ނުފުއްދާ ނަމަ އެ ވާހަކަތައް ދައްކަވަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ކަން އެ މަނިކުފާނު ކުރައްވާނެ ކަމަށެވެ.